ހިޔާ ސަރަހައްދުގައި މިއަދު ސާމްޕަލް ސެންޓަރެއް ހުޅުވަނީ

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި މިއަދު ހަވީރުން ފެށިގެން ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މި ސެންޓަރު ހުންނާނީ ހިޔާ ފްލެޓްތަކުގެ އެޗް-8 ޓަވަރު ކައިރީގައި ކަމަށެވެ. އަދި މިތަން ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 15:30ހުން 18:30ހަށެވެ. މިއީ މާލެ ސަރަހައްދުގައި ގާއިމުކުރެވުނު ފަސްވަނަ ސާމްޕަލް ސެންޓަރެވެ. މާލޭގައި ހުންނަ ދެ ސާމްޕަލް ސެންޓަރު ހުންނަނީ ސޯޝަލް ސެންޓަރުގައާއި ހެންވޭރު ދަނޑުގައެވެ. ހެންވޭރު ދަނޑުގައި ހުންނަ ސެންޓަރު ވެސް ކޮންމެ ދުވަހަކު ހަވީރު 15:30ހުން 18:30ހަށް ހުޅުވާފައި ހުންނާނެއެވެ. ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު 9:00ން 12:00އަށް އަދި 15:00ން 18:00އަށެވެ. ހުކުރު ދުވަހު 15:00ން 18:00އަށެވެ. ވިލިމާލޭ ފުލޫ ކުލިނިކުގައި ވެސް ސާމްޕަލް ސެންޓަރެއް ހުރެއެވެ. މިތަން ހުޅުވަނީ ކޮންމެ ދުވަހަކު 16:00ން 18:30އަށެވެ. މި ވަގުތު ހުޅުމާލޭގައި ހުރި ހަމައެކަނި ސާމްޕަލް ސެންޓަރު ހުންނަނީ ރުއްގަނޑު-1 ގައެވެ. އެތަނުން ހިދުމަތް ލިބޭނީ ސޯޝަލް ސެންޓަރާ އެއް ގަޑިތަކެއްގައެވެ. ކޮވިޑުގެ ނަންބަރުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާ އިރު، އެޗްޕީއޭ އިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން، 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ނުދެވޭ ގޮތަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ