ބުރުންޏާއި ގާދިއްފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ހަވާލުކޮށްފި

ތ. ގާދިއްފުށި އާއި އެ އަތޮޅު ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.ބުރުންޏަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް، އެރަށުގެ ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރަނީ ގިރާފައިވާ ސަރަޙައްދަށް އަލުން ވެލިއަޅާ އިއާދަކުރުމަށްފަހުގައެވެ.ރަށް ގިރާފައިވާ ސަރަޙައްދަށް ވެލިއެޅުމުގެ އިތުރަށް، 369 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 220 މީޓަރުގެ ރިވެޓްމަންޓެއް ޖަހާނެއެވެ.މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުން ނިންމާގޮތަށް، 28.8 މިލިއަން ރުފިޔާއަށެވެ. އަދި މީގެ އިތުރުން ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް 180 ދުުވަހުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ.ގާދިއްފުށި ގޮނޑުދޮށް ހިމަޔާތް ކުރުމުގެ މަޝްރޫއަކީ 17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 500 މީޓަރުގެ ރިވެޓްމެންޓަކާއި އަދި 15 މީޓަރުގެ ގްރޮއިންއެއް ގާއިމްކޮށް ގޮނޑުދޮށް ހިމާޔާތް ކުރުން ހިމެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ