ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން މަޖީދިއްޔާ އާއި އިސްކަންދަރަށް

ސޮނީ ސްޕޯޓްސް އިންޓަ ސްކޫލް ސްވިމިން މުބާރާތުގެ ސީނިއާ ގްރޫޕުގެ ފިރިހެން ޗެމްޕިއަންކަން މަޖީދިއްދާ ސްކޫލް އަދި އަންހެން ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ. ސީނިއާ ގްރޫޕުގެ ފިރިހެން ދެ ވަނަ ޖަމާލުއްދީން ސްކޫލް ހޯދިއިރު ތިން ވަނަ ހޯދީ ދަރުމަވަންތަ ސްކޫލެވެ. ސީނިއާ ގްރޫޕުގެ އަންހެން ދެ ވަނަ އަމީނިއްޔާ ސްކޫލް ހޯދިއިރު ތިން ވަނަ ހޯދީ ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލެވެ. އިސްކަންދަރު ސްކޫލުގެ ފެތުންތެރިންނަށް ޝަރަފްވެރި މެމެހާން، އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޑެންޓް ޒާހިރު ނަސީރު މެޑަލް ދެއްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު މުބާރާތުގެ ޖޫނިއާ ގްރޫޕުގެ ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ހޯދިއިރު ދެ ވަނަ އަށް ދިޔައީ މަޖީދިއްޔާ އާއި ގާޒީ ސްކޫލެވެ. ތިން ވަނަ އަށް ދިޔައީ އިމާދުއްދީން ސްކޫލެވެ. ޖޫނިއާ ގްރޫޕުގެ އަންހެން ޗެމްޕިއަންކަން އިސްކަންދަރު ހޯދިއިރު ދެ ވަނަ އަކީ ޖަމާލުއްދީނެވެ. ތިން ވަނަ އަށް ދިޔައީ ބިލަބޮންގެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން އެއް ވަނަ މަޖީއްދިއްޔާ ހޯދިއިރު އަންހެން އެއް ވަނަ އަކީ އިސްކަންދަރު ސްކޫލެވެ. ފެތުންތެރިއަކަށް ޝަރަފްވެރި މެމެހާން އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޑެންޓް ޒާހިރު ނަސީރު މެޑަލް ދެއްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން އެއް ވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން އެއް ވަނަ އިސްކަންދަރު ހޯދިއިރު އަންހެން އެއް ވަނަ އަކީ ޖަމާލުއްދީން ސްކޫލެވެ. އަދި 10 އަހަރުން ދަށުގެ ފިރިހެން އެއް ވަނަ އިސްކަންދަރު ހޯދިއިރު އަންހެން އެއް ވަނަ ހޯދީ ޖަމާލުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ