މަޓާޓޯ ޓްރެވަލް އެވޯޑްގެ މެއިން ސްޕޮންސާއަކަށް އެމްއޭސީއެލް ހަމަޖައްސައިފި

މަޓާޓޯ ދެ ވަނަ ޓްރެވަލް އެވޯޑްގެ މެއިން ސްޕޮންސާއަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފި އެވެ. އެ އިވެންޓް ހިންގާ ހައި ރައިސް އިން ބުނީ އެމްއޭސީއެލް އިން މެއިން ސްޕޮންސާއަކަށް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސް އަދި ދަ ހޯކްސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޮކާކޯލާ އާއި ބޮނަކުއާ އޮފިޝަލް ބެވަރޭޖްސްގެ ގޮތުގައި ހަމަޖައްސާފައިވާފައިވާ ކަމަށެވެ. ހައި ރައިސްއިން ބުނީ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި އެސްޓްރޯބޮން، ސަން ބްރެއްލާ، ވީއޭއެމްކޯ، ވައިޓް ޝޭޑް ހަމަޖައްސާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށެވެ. "މިފަހަރުގެ އެވޯޑަކީ މިދިޔަ އަހަރަށް ވުރެ އެތައް ގުނައެއް ފުރިހަމަ އެވޯޑަކަށްވާނެ. އަދި އިތުރު ކެޓަގަރީތަކެއް ވެސް މިފަހަރުގެ އެވޯޑުގައި ހިމަނާނެ،" ހައި ރައީސް އިން ބުންޏެވެ. އެ ކުންފުނިން ބުނީ މި އަހަރުގެ އެވޯޑު ބާއްވާނީ ޑިސެމްބަރު މަހު ކަމަށެވެ. މިދިޔަ އަހަރުގެ އެވޯޑުގައި 20 ކެޓަރީއަކުން، ހަތަރު އެވޯޑެއް ހާސިލްކޮށްގެން ކުރި ލިބިފައި ވަނީ ވިލާގެ ސަން އައިލެންޑަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ