62 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ދީފި

ރޭގެ ބާރަ ޖެހުމާއި ހަމައަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފަސްދޮޅަސް ދެހާސް ފައްސަތޭކަ އަށްޑިހަ ހަ މީހުން ޖަހައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނިވެސް ފަސްހާސް ހަތްސަތޭކަ ފަސްދޮޅަސް ނުވަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އެގޮތުން މާލެ އޭރިއާއިން އެކަނިވެސް ވަނީ ދެހާސް ނުވަސަތޭކަ ފަންސާސް ހަތް މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި އަތޮޅު ތަކުން ވަނީ ދެހާސް އަށްސަތޭކަ ބާރަ މީހުން ދެވަނަ ޑޯޒް ޖަހައިފައެވެ.
މިހާތަނަށް ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ ދެލައްކަ އަށްޑިހަ ހަތްހާސް އެއް ސަތޭކަ ހަތްދިހަ އެއް މީހުންނެވެ. މިހާރު ތިން ވައްތަރެއްގެ ވެކްސިން ރާއްޖޭގައި ދެމުން ގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޝީލްޑް، ސިނޮޕާމް އަދި ފައިޒަ ވެކްސިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ