ވެކްސިންގެ ދެވަނަ ޑޯޒު 200،000 މީހުން ޖަހައިފި

ރާއްޖޭގައި ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒު ދީިފިއެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ 6461 މީހުން ޖަހާފައިވާ ކަމަށާއި އެއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 206،245 އަށް އަރާފައިވާ ކަމަށެވެ.
ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 213 މީހުން ވަނީ ޖަހާފައެވެ. އެއާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 317،762 އަށް އަރާފައެވެ.
ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ދެ ލައްކަ އަށް އަރާފައިވާއިރު އެޗްޕީއޭ އިން މިއަދު ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ރަށަށް ދެވޭގޮތް ހަދާފައެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށެވެ. އެގޮތުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ