ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފި އެވެ.
އަވަސް އިން ސުވާލު ކުރެއްވުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވެގެން ކޮވިޑް ވެކްސިން ޖެއްސެވުމަށް މިރޭ މާލެ ގެނެވުނު ކަމަށެވެ. ނަމަވެސް މާލެ ގެނައި ފަހުން ވެކްސިން ޖެއްސެވުމަށް ރައީސް ޔާމިން އިންކާރު ކުރެއްވުމާއި ގުޅިގެން މިރޭ އަނބުރާ މާފުށްޓަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ