އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި
ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ އިތުރުން އެ ގައުމުގެ މަޖިލީހުގެ ތިރިގޭގެ ރައީސް އާއި އޯލް ޕާޓީ ގްރޫޕުގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.ރައީސްގެ ދަތުރުފުޅުގައި ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި ތައާރަފު ކުރައްވާފަ އެވެ.މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައިވެސް ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.އިނގިރޭސިންގެ ކިބައިން ރާއްޖެ މިނިވަންވުމާ އެކުއެކީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ މި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ