އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި
ޖުލައި 13ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށްފަހު ދޫކޮށްލައިފާވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފި އެވެ.މާފަންނު ބަސް ސްޓޭޝަން ކުރިމަތިން އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ މަރުވެފަ އެވެ.އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، އުމުރުން 16 އަހަރުގެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.އެ ކުއްޖާ އަކީ އެކްސިޑެންޓުވި ސައިކަލު ފަހަތުގައި އިން ކުއްޖާ އެވެ.އެކްސިޑެންޓުގައި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަ މަސް ތެރޭ މާލެއާއި ބުރިޖުގައި 1،101 އެކްސިޑެންޓު ހިނގާފައިވެއެވެ. އޭގެ ތެރެއިން 61 ހާދިސާގައި ސީރިއަސް އަނިޔާތައް އެކި މީހުންނަށް ލިބިފައިވެއެވެ.މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސައިކަލު ދުއްވާ މީހުން ޒިންމަދާރު ކުރުވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިއްޔެ މަޖިލީހަށް ވަނި ބިލެއް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ