ބޯކެނޑި މަހާނަ މައްޗަށް މަޑިއަށްޖެހޭ ޖަނާޒާ

މާލޭ އާޓިފިޝަލް ބީޗްގައި ދެގާޖެހި މަހާނައެއް ތައްޔާރުކޮށް ޕީއެންސީގެ ޖަނާޒާއަށް މީހުން މާލެ އަރައިފިއެވެ. މަހާނަގަލުން ބޯކެނޑިޔަސް މަހާނަ ވާނީ މަހާނައަށެވެ. 
ތަޖުރިބާ ކާރުން ބުނާގޮތުގައި ދެ އަހަރު ވަންދެން އަމިއްލަ ސަންދޯކަށް ޕީއެންސީ މޮހޮރު ޖެހުމަށްފަހު މިރެއަކީ ޕީއެންސީގެ ޖަނާޒާ ބާއްވާ ރެއެވެ. މަތިންނާއި ކަނޑުން މީހުން އައިސް ޕީއެންސީގެ ޖަނާޒާ މިރޭ ބާއްވާނެއެވެ. 
މިރެއަށް ފަހު އެ އެންމެންގަނޑުގެ ކަމަކަށް އޮންނާނީ އަޑުން އަޑުނަގާ ރުއިމެވެ. ކުރެވުނު ކަންތަކަށް ހިތާމަކޮށެވެ.ބޯކެނޑި މަހާނަ މައްޗަށް މަޑިއަށްޖެހުމާއި ލުޓޭރުން އެއްތާކުން ޖަނާޒާގައި ދައްކާލުމުންނެވެ.  ސިކުނޑިތައް ސުމަކަށްގޮސް އާދެވުނު މޮޔަހީވެ ހިތާމަކުރުމުގައި ގިނަ ބަޔަކު އުމުރު ހުސްކުރަން ފަށާ ތާރީހީ ޖަނާޒާއަށް މަރުހަބާއެވެ.
ޕީއެންސީ ސަންދޯކުއަޅާ ޖަނަޒާ ބޭއްވުމަށް ފަހު ފިލާ ރައްކާވާނީ އެކޭ ބުނާކަށް ނެތީމެވެ. އަންނަ އަހަރަށް ދައްކަން ހުރި ދަރަންޏަކަށް ދަރަންޏެއް އޮތް ގޮތަކަށް ބާއްވަފައި ތިބި ހާލަކަށް ދޫކޮށްލާފާ ލޫޓުވާލައިގެން ފިލާރައްކާވުމަށް ތައްޔާރުވެ ޖަނާޒާ ބާއްވަނީއެކޭ ބުނާކަށްވެސް ނެތީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ