ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުނު މިނިސްޓަރު ހައިދަރުގެ ދެމަފިރިންނަށް ފްލެޓު ލިބިއްޖެ ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުނު މިނިސްޓަރު ހައިދަރުގެ ދެމަފިރިންނަށް ފްލެޓު ލިބިއްޖެ

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް ނެރުނު ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުނު މިނިސްޓަރު ހައިދަރުގެ ދެމަފިރިން ހިމެނިއްޖެ އެވެ.
މިއަދު އިއުލާންކުރި ގެދޮރުވެރިޔާ ސްކީމުގެ ތިން ކޮޓަރީގެ ފްލެޓް ލިސްޓުން ދައްކާ ގޮތުގައި ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބުނީ 75 ޕައިންޓް ލިބިގެންނެވެ. އެގޮތަށް ކަނޑައެޅީ ކުރިން ވެސް އޭނާ ޝަރުތު ހަމަވާ ކަމަށް ނިންމައި އިއުލާންކުރި ލިސްޓުގައި އޮތް ގޮތަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ހައިދަރު މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. އަދި އޭނާއާ އެކު އަނބިކަނބަލުން މ. ޑްރީމީލައިޓް މަރްޔަމް ތައުފީގު ވެސް ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިދަރުގެ ދެމަފިރިން ބައްލަވައިގަތް ގެއެއް މިހާރުވެސް އިނގިރޭސިވިލާތުގައި އެބަހުއްޓެވެ.
މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކެބިނެޓުގައި ހައިދަރު ހިމެނުނީ ހައުސިން މިނިސްޓަރަކަށެވެ. މިގޮތުން ފްލެޓް ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ހައިދަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފައިވެ އެވެ.
އެކަމަކު މިދިޔަ ޑިސެމްބަރު 26، ގައި ކެބިނެޓަށް ގެނައި ބޮޑު ބަދަލާ އެކު ހައިދަރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލު ކުރެއްވި އެވެ. އަދި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބުއާ އެވެ.
ފްލެޓް ލިސްޓު މިދިޔަ އަހަރުގެ ތެރޭގައި ހާމަކުރާނެ ކަމަށް ހައިދަރު އެކި ދުވަސްތައް ދެއްވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ހައިދަރުއަށް އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ