އެމްއާރުއެމްގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބު ކޮށްފިއެވެ.
ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ދިޔަ އެމްއާެރުއެމް އުފެއްދުމަށް ބާއްވާ ޖަލްސާގައި އެ ޕާޓީގެ އިންތިޤާލީ ރައީސަކަށް ކުރިމަތިލެއްވީވެސް ރައީސް މައުމޫން އެކަންޏެވެ. އެގޮތުން ރައީސް މައުމޫނު އެ މަގާމަށް އިންތިހާބުކުރީ  ފެންނަ ނުފެންނަ ވޯޓަކުން، ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.
މި ޖަލްސާގައި އެމްއާރުއެމްގެ ވަގުތީ ލީޑާޝިޕްގެ އިތުރުން އެޕާޓީގެ ހިންގާ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ. އަދި އޭގެ އިތުރުން ދިވެހި ބަހުން އެ ޕާޓީއަށް ކިޔާނެ ނަމެއް ވެސް މިރޭގެ ޖަލްސާފައި ފާސްކުރިއެވެ. އެގޮތުން އެމްއާރުއެމް އަށް ދިވެހިން ”ދިވެހިންގެ އިސްލާހީ ހަރަކާތް“ ކިޔަން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އެ ޕާޓީގެ ލޯގޯ އާއި، ޕާޓީގެ ކުލަވެސް ވަނީ ފާސްކޮށްފައެވެ.
އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓިއެވެ. އެންމެ ފުރަތަމަ އެ މަނިކުފާނު އުފެއްދީ ޑީއާރުޕީއެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕު ބަދަލުވެ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދި ޒެޑްޑީއާރުޕީ އެއް އުފަންވެ، އެ ޕާޓީ ދޫކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް ޕީޕީއެމއް އުފެއްދެވިއެވެ. އޭގެ ފަހުން ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލުތަފާާތުވެ ޕާޓީގެ ރައީސްކަން ގެއްލި ރައީސް މައުމޫން އެ ޕާޓިން ވަކިކުރުމުން އެމްއާރުއެމްގެ ނަމުގައި ޚަރަކާތެއް ފެއްޓެވިއެވެ.
އެގޮތުން2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްވެސް މައުމޫން ރިފޯމް މޫވްމެންޓުން މުހިންމު ދައުރެއް އަދާކުރިއެވެ. އަދި ޕީޕީއެމް ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބު ވެދާނެެކަމަށް ނުފެންނާތީވެ. ސިޔާސީ އާ ޕާޓީއެއް އުފެއްދުމަށް ނިންމެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ