ވޯލްޑްކަޕް ގްރޫޕް އޭ - މެކްސިކޯ

މެކްސިކޯ
ފީފާ ރޭންކިންގ - 19
ކޯޗު - މިގުއެލް ހެރޭރާ
މުބާރާތަށް ކޮލިފައިވެފައިވާ އަހަރުތަކުގެ އަދަދު - 14
ކޮލިފައިވިގޮތް
މެކްސިކޯ މި މުބާރާތަށް ކޮލިފައިވެފައިވަނީ އުތުރު އެމެރިކާ ބައްރުގެ ކޮލިފައިންގެ ހަތަރުވަނަޔަށް ދިޔުމުން އުސޫލުތައް އޮންނަ ގޮތުން އޯޝޭނިޔާގެ އެއްވަނަޔަށް ދާ ޓީމާ ދެކޮޅަށް ކުޅެންޖެހޭ ޕްލޭއޮފް މެޗުގައި ނިއުޒިލޭންޑުގެ މައްޗަށް 9 – 3 ގެ އެގްރިގޭޓުން ކުރިހޯދައިގެންެނެވެ.
މި މުބާރާތުގައި ހޯދިފައިވާ ކާމިޔާބީ
މި މުބާރާތުގައި މެކްސިކޯއަށް މިހާތަނަށް ހޯދިފައިވާ އެންެމ ބޮޑު ކާމިޔާބީއަކީ ކުއާޓަރ ފައިނަލަށް ދަތުރު ކުރެވުމެވެ. އެއީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރެވެ.
އެންމެ މުހިންމު ކުޅުންތެރިޔާ
މެކްސިކޯއަށް މި މުބާރާތުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ވެގެންދާނީ ހަމަ ގައިމުވެސް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ހަވިޔޭ ހަނާންޑޭޒް ނުވަތަ ޗިޗަރީޓޯއެވެ. 2010 ވަނަ އަހަރު މެންޗެސްޓަރޔަށް ބަދަލުވުމަށްފަހު ޗިޗަރީޓޯއަށް ވޭން ރޫނީއާއި ވެން ޕާސީގެ ބަދަލުގައި ކުޅެން ނޭރުނު ނަމަވެސް ކުޅެން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރާ ކުޅުންތެރިޔަކަށް ޗިޗަރީޓޯވެއެވެ. މިކަން އޭނާގެ ގައުމީ ޓީމުގެ ރިކޯޑަށް ބަލާލަިޔަސް އިނގެއެވެ. އެގޮތުން އޭނާ މިހާތަނަށް 57 މެޗު ގައުމީ ޓީމަށް ކުޅެދީފައިވާއިރު އެ މެޗުތަކުގައި އޭނާވަނީ 35 ގޮލް ކާމިޔާބު ކޮށްދީފައެވެ.
ގްރޫޕްގެ އެހެން ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ނެރެވިފައިގާ ނަތީއްޖާތައް.ބްރެޒިލް
މި ދެ ޓީމް ރަސްމީ 38 މެޗު ކުޅެފައިވެއެވެ. އޭގެ ތެރެއިން ބްރެޒިލް 22 ފަހަރު މޮޅުވެފައިވާއިރު 6 ފަހަރު މަތިން އެއްވަރުވެފައިވެއެވެ. އަދި 10 ފަހަރު މެކްސިކޯ މޮޅުވެފައިވެއެވެ. މިހިސާބުން މި ދެ ޓީމް އެންމެ ފަހުން ކުޅުނު 3 މެޗުގެ ނަތީއްޖާ ލިޔެލާނަމެވެ.
2013 ކޮންފެޑެރޭޝަންސް ކަޕް
ބްރެޒިލް 2 – 0 މެކްސިކޯ
2012
މެކްސިކޯ 2 – 0 ބްރެޒިލް
ބްރެޒިލް 2 – 1 މެކްސިކޯ
ކްރޮއޭޝިޔާ
މި ދެ ޓީމް 3 ފަހަރު ބައްދަލު ކޮށްފައިވެއެވެ.
2002 ވޯލްޑްކަޕް
މެކްސިކޯ 1 – 0 ކްރޮއޭޝިޔާ
1999
މެކްސިކޯ 1 – 2 ކްރޮއޭޝިޔަ
1992
މެކްސިކޯ 0 – 3 ކްރޮއޭޝިޔާ
ކެމަރޫން
ތާރީޚު ދައްކާގޮތުން މި ދެ ޓީމް ބައްދަލު ކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1993 ވަނަ އަހަރު ބައިނަލް އަޤްވާމީ އެކުވެރިކަމުގެ މެޗެއްގައެވެެ.
1993
މެކްސިކޯ 1 – 0 ކެމަރޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ