ވާނުވާ ރިވިއު ކުރަން އޭޖީ އަންގަވައިފި

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުރާޖައާ ކުރަން ޖެހޭ ގޮތަށް ބަންޑާރަ ނައިބް އިބްރާހީމް ރިފްއަތު ކަނޑުއަޅުއްވައިފި އެވެ.
މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތް ފެށުމާއެކު ވެސް ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބެހެއްޓުމުގެ އަމުރަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮވެ އެވެ.
ޖިނާއީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތަށް ގެނައި އިސްލާހުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުން، ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
އެގޮތަށް މުރާޖައާ ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ މީހުންގެ އަމުރު ބާތިލުކޮށް އެމީހުން ދޫކޮށްލުމަށް އެދި ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހެ އެވެ.
މީއިތުރުން އެކަމުގެ ތަފްސީލު ބަޔާންކޮށް ހާއްސަ ރިޕޯޓެއް ވެސް ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
"ވާނުވާ" ގައި އެތައް އަހަރެއް ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އިވޭ ޝަކުވާ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ