ސަރުކާރުގެ ވެރިން ދިން އެއްޗަކަށް ރުހިގެން ތިބެން ދިވެހި ރައްޔިތުން މިއަދު ބޭނުމެއްނުވޭ: ނަޝީދު

ސަރުކާރުގެ ވެރިން ދިން އެއްޗަކަށް ރުހިގެން ތިބެން ޖެހޭ ގޮތަށް ދިވެހި ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުރިހާ ކައުންސިލަރުންނަށް އަމާޒު ކޮށްގެން ކްރޮސްރޯޑްސްގައި "ވިޔަވަތި ރާއްޖެ" ގެ ނަމުގައި މިއަދު ފެށި ކައުންސެލަރުންގެ މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރީގައި ސަރުކާރުތަކުން ގެންގުޅުނު އޮބަހެއްޓުމުގެ ސިޔާސަތު މިހާރު ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އަބަދުވެސް އެދެމުން ދިޔައީ ހާސް ކަމެއް ނެތް ތަނަވަސް ދިރިއުޅުމެެއްް ހޯދުމަށް ކަމަށްވެސް ވިދާޅުވިއވެ.
ނަޝީދު ވިދާޅުވީ ދިވެހހިން ބޭނުންވޯ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން ހައްގުތައް ކަށަވަރު ވެފައިވާ، ހައްގު މިންވަރު ލިބޭ ތަރައްގީއެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ދެކެމުންއައީ ބާރުތައް މައި ސަރުކާރުގައި ހިފަހައްޓައިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރު އައިސް ފުރަތަމަވެސް ކުރަން ޖެހުނު މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަނޑުބަނޑު ކޮށްފައިވާ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުން ކަމަށް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖެއަކީ ދިވެހިރައްޔިތުންގެ މިލްކިއްޔާތެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މުއްސަނދިކަމުގެ އިތުރުން ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނީ، ހަމަ އެކަނި ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ