ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރައްވައިފި

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަދަލުކުރައްވައިފިއެވެ.
ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" ގެ ނަމަށް ރައީސް ބަދަލުކުރެއްވީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހައިތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސަވައިފައި އޮތް ނަންބަރު ކަމުގައިވާ 222 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ