ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
'ދަ ޕްރެސް' އަށް އެކަން އެޗްއީއޯސީން ކަށަވަރުކޮށްދީފައިވާއިރު ޕޮޒިޓިވް ވެފައިވަނީ ޕޮޒިތިވްވި ފާޅުބޯޓުގެ ފަޅުވެރިއަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ކަމަށް އެޗްއޯސީން ވަނީ ބުނެފައެވެ.
ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ފާޅުބޯޓުގެ ކެޕްޓަނެވެ. އެގޮތުން އެ ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެބޯޓުގެ ދެ ފަޅުވެރިޔަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
ކުޅުދުއްފުށި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، އެރަށުގެ އިތުރުން ހދ. ނޮޅިވަރަމް އަދި ހދ. ހޯނޑެއްދޫ ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 19 ރަށަކުންނާއި، 23 ރިސޯޓަކުން ފެނިފައިވެއެވެ.
ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިތިވްވާ އަދަދު ދަށްވަމުން އަންނަ އިރު މިއަދު އެބައްޔަށް ޕޮޒިޓިވްވެފައިވަނީ 53 މީހުންނެވެ. މި ބައްޔަށް ޖުމްލަ 10،098 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ