އޭސީސީ އާއި މެދު ނަޝީދުގެ ހިތުގައި އޮތް ހިތްހަމަނުޖެހުން "އެލެކްސް" ހާމަކުރައްވައި!

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ގެންދާ މަސައްކަތާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކަން ހާމަވެއްޖެއެވެ.
ރައީސް ނަޝީދު ގެންގުޅުއްވާ "އެލެކްސް" ޓްވިޓާ އެކައުންޓުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙްޤީޤު އޭސީސީ އަށް ވެސް ކުރިއަށް ނުގެންދެވޭތީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.
"އެލެކްސް" އިހްސާސްތައް ބޭރުކޮށްލީ އޭސީސީގެ މެންބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ދެއްވުމުން އެކަމަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޓްވީޓެއް ކުރެއްވުމުންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތުގެ ހިންގުމަށް ސަރުކާރުން ހުރަސް އަޅައި، މުއައްސަސާތަކުގެ މިނުވަންކަން ނަގާލަމުން މިދަނީ އެއްވެސް އިމެއް ނެތި ކަމަށެވެ. "އިލްމީ އެތައް ދަރިވަރުންނެއް ބުރަ މަސައްކަތުން ހާސިލް ކުރި ތައުލީމްގެ އަގު މިވައްޓާލަނީ ދޮގާއި މަރަރާއި ސިޔާސީ ނުފޫޒުން." ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދުގެ ޓްވީޓަށް ރައްދު ދެއްވަމުން ނަޝީދުގެ "އެލެކްސް" އައިޑީން ކުރި ޓްވީޓެއްގައި ބުނީ އިލްމީ ވުމަކުން އަދި ނުފުދޭ ކަމަށެވެ. "ވައްކަން ކުރާތީ މައްސަލަ އަކީ. ތި އޭސީސީ އަކަށް ވެސް އެމްއެމްޕީއާރްސީގެ އެއްވެސް ވައްކަމެއް ބަލައެއް ނުނިންމުނު. މިހާރު އަހަރެއްވީ." އެލެކްސްގެ ޓްވީޓްގައި ބުނެފައި ވެއެވެ.
އޭސީސީ) އަށް މި ސަރުކާރުން މެމްބަރުން އައްޔަންކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެކަމަކު ފައިސާގެ ބޮޑެތި މައްސަލަތައް ހުރީ ނުބެލި ކަމަށް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދޮންބިލެތް ދެއްވީ އިއްޔެ އޮތް މަޖިލިސް ކޮމެޓީގެ ބައްދަލުވުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ