އަހަރެމެން މަސައްކަތްކުރިން، ލިވަޕޫލް މާ މޮޅު: އާޓެޓާ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލްއާ ވާދަކޮށް މޮޅެއް ހޯދޭތޯ އާސެނަލުން ވަރަށް މަސައްކަތްކުރި ކަމަށާއި އެކަން ކާމިޔާބު ނުވީ ލިވަޕޫލުގެ ކުޅުން ވަރުގަދަވުމުން ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ މި ފެންވަރުގެ ޓީމަކާ ދެކޮޅަށް އާސެނަލްއިން މިހާރު ވާދަކޮށްލެވޭނެކަން ކުޅުންތެރިންނަށް ގަބޫލްކުރެވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. އާސެނަލަށް ދާންވީ މިހާރު ލިވަޕޫލްއޮތް ހިސާބަށް ކަމަށާއި އެކަމަށްޓަކައި އައު ޓީމެއް ބައްޓަންކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. އަދި އާސެނަލްއަށް މި ދެވެނީ ތަފާތު މަގަކުންކަން އާޓެޓާ ވަނީ ފާހަގަކޮށްފައެވެ.
ލިވަޕޫލްގެ ގިނަކުޅުންތެރިންނަކީ ފަސް އަހަރު އެކުގައި ހޭދަކުރި ކުޅުންތެރިންކަމަށާއި އާސެނަލުގައި އޮތީ މީގެ ދުވަސްކޮޅެއް ކުރިން އެކުލަވާލި ޓީމެއްކަމަށް އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. މެޗުގައި ފެނިގެންދިޔަ ތަފާތަކީ އެއީ ކަމަށާއި ލިވާޕޫލް ފެންވަރަށް ދާން އާސެނަލަށް އަދި ދުވަސް ނަގާނެކަމަށް އާޓެޓާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ