އައްޒަގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްފި

ރާއްޖޭގައި ޓިކްޓޮކްއިން ވެރިފައި ކުރި ފުރަތަމަ އެކައުންޓްތަކުގެ ތެރޭގައި ބަތަލާ މަރިޔަމް އައްޒަގެ ޓިކްޓޮކް އެކައުންޓް ހިމެނިއްޖެއެވެ.
އެގޮތުން، އައްޒަގެ ޓިކްޓޮކް އައިޑީ ވެރިފައި ވެފައިވަނީ މަޝްހޫރު އެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކް އައިޑީ ވެރިފައިކޮށްދިންތާ 24 ގަޑިއިރުނުވަނީހެވެ. އައްޒަ އަދި ސީޒަން ވެފައިވަނީ ރާއްޖޭގައި ޓިކްޓޮކް އައިޑީ ވެރިފައިވި ފުރަތަމަ ދެ ފަންނާނުންނަށެވެ.
އާއްމުކޮށް ޓިކްޓޮކްގައި ވެރިފައި ކުރަނީ އެކި ދާއިރާތަކުން މަގުބޫލްކަން ހޯދާފައިވާ ފަންނާނުންނާއި ހުނަރުވެރިންނެވެ. ދެން ޓިކްޓޮކްގައި ވެރިފައި ކުރަނީ އެ މީހަކަށް ލިބޭ ވިއުޒް އާއި ފޮލޯވަރުންގެ އަދަދަށް ބެލުމަށް ފަހުގައެވެ.
އައްޒަގެ ޓިކްޓޮކްގައި 13000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. ސީޒަންގެ 5000އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އިރު އޭނާގެ ބައެއް ވީޑިއޯތަކަށް 30،000އަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ