ކޮވިޑް-19: މިހާތަނަށް 2500 ސާމްޕަލް ނަގާފައިވޭ

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 2500 ސާމްޕަލް ނަގާފައިވާކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ކޮވީޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެއް ކަމަށާއި 2471 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި 10 ސާމްޕަލްގެ ނަތީޖާ ޕެންޑިންގް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ކޮރޯނާ ވައިރަސް އަށް ޓެސްޓުކުރެވިފައިވަނީ 2500 ސާމްޕަލް. މީގެތެރެއިން ޕޮޒިޓިވް ވެފައިވަނީ މިހާތަނަށް 19 ސާމްޕަލް. ނެގެޓިވް 2471. އަދި 10 ސާމްޕަލް އަދިވެސް ޓެސްޓިންގް ގައި ވަނީ
~ ޑރ. ނަޒްލާ ރަފީގް
ރާއްޖެއިން މި ބަލި ފެނުނު މީހުންގެ ތެރެއިން 13 މީހަކު ބަލިން ފަސޭހަވެފައިވާއިރު މިވަގުތު ފަރުވާދެމުންދަނީ ހަތަރު މީހުންނަށެވެ. އެއީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނެވެ. ޑރ. ނަޒްލާ ވިދާޅުވީ އައިސޮލޭޝަން ފެލިސިލިޓީތަކުގައި މިވަގުތު 12 ފަރާތެއް އެބަ ތިބި ކަމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި 860 ފަރާތެއް އެބަތިބި ކަމަށެވެ. އަދި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 59 ފަރާތެއް ޓެސްޓުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ