ރިއާސީ އިންތިހާބް ޔާމީން ކާމިޔާބް ކުރައްވައިފި

މިއަދު ބޭއްވި ރިއާސީ އިންތިހާބްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން %51.45 އިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ކާމިޔާބް ހޯއްދަވައިފިއެވެ.
އިލެކްޝަން ކަމިޝަނުން ބުނެފައިވަނީ މި އިންތިހާބްގެ ދާއިމީ ނަތީޖާ މާދަމާ އިއްލާން ކުރައްވާނެކަމަށެވެ.
ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމިން އިންތިހާބް ކާމިޔާބް ކުރައްވާފައިވާއިރު ނަޝީދުވަނީ އިންތިހާބްގެ ފުރަތަމަ ބުރުގައި ހޯއްދެވި ވޯޓަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.
ގިނަ ޕާޓީތައް ގުޅިގެން ޕީޕީއެމްއިން އިންތިހާބް ކާމިޔާބް ކުރައްވާފައިވާ އިރު ޕީޕީއެމްގެ ގިނަ ސަޕޯޓަރުން އަންނަނީ އުފާ ފަޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ