މި ސަރުކާރުން އަނިޔާއެއް ނުކުރާނެ، ގާނޫނު ތަންފީޒު ކުރާނެ: އިމްރާން

މި ސަރުކާރުން އެއްވެސް ރައްޔިތަކަށް އަނިޔާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ރައްޔިތަކަށް އަނިޔާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި އިއްޔެ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށާއި އެހެންނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ސަރުކާރުން ހުރަސް އަޅާ ބައިވެރިންނަށް އަނިޔާވާ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އިދިކޮޅު ފާރްތަތަކުން ތުހުމަތުތައް ވެސް ކޮށްފައިވަނިކޮށެވެ. އަދި ހަމައެއާއެކުގައި އިއްޔެ މާލޭގައި އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމްއިއްޔާ އުވާލާ އިހުތިޖާޖެއް ކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ