ބާޒާރުމަތީ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ ބަޔަކަށް ހަމަލާދީ އެކެއްގެ ބޯ ފަޅާލައިފި

ބާޒާރުމަތީ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ތަކެއް ހިފައިގެން ދަނިކޮށް ދެ މީހަކަށް ހަމަލާދީ އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިޔަށްދާތީ އެއީ ކޮން ފިހާރައެއްގެ ފައިސާތަކެއް ކަމެއް ބުނެވެން ނެތް ކަމަށެވެ.އޭނާ ވިދާޅުވީ ގްރޫޕަކުން އެ ދެ މީހުންނަށް ހަމަލާ ދީފައި ވަނީ ބާ އިންޖީނުގޭ ސަރަހައްދު ކައިރިން އިރާކޮޅު ކަމަށާއި އެއީ ބާޒާރު މަތީގެ ފިހާރައެއްގެ ފައިސާތަކެއް ކަމަށެވެ. އޭގެ ތެރޭހައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.މި ހާދިސާގައި ފައިސާތައް ފޭރި ގަތުމަށް މަސައްކަތް ކުރި މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް ވެއެވެ.މިދުވަސް ކޮޅު  ފޭރުމުގެ ބޮޑެތި ހަމަލަތަކެއް ބަޔަކު ރާވަމުންދާ ކަމަށާއި ފައިސާ އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ސަމާލުވުމުގެ އިތުރުން ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވަނީ މީގެ ހަފުތާއެއް ކުރިން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ