މެސީ އާޖެންޓީނާ ސަލާމަތް ކޮށްފި، ކޮލަމްބިއާ ކްއާޓާއަށް

ޕެރަގުއޭއިން ލީޑް ނަގާފައި ވަނިކޮށް، އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް ޕެރަގުއޭ އާ 1-1 ން އެއްވަރުކޮށް ކެޕްޓަން ލިއޮނަލް މެސީ އާޖެންޓީނާ ސަލާމަތްކޮށްފި އެވެ.
ޕެރަގުއޭއިން ލީޑް ނެގީ، މެޗުގެ 37 ވަނަ މިނެޓްގައި، ރިޗަޑް ސަންޗޭޒް އެވެ. އާޖެންޓީނާއަށް ލިބުނު ޕެނަލްޓީމެސީ ކާމިޔާބު ކުރީ، 57 ވަނަ މިނެޓްގަ އެވެ.
އާޖެންޓީނާއަށް ޕޮއިންޓް ހޯދައި ދިނުމުގައި، މެސީއަށް ވުރެ ބޮޑަށް ފާހަގަވީ، ގޯލްކީޕަރު ފްރެންކޯ އާރމާނީގެ މަސައްކަތެވެ. މެޗުގެ 63 ވަނަ މިނެޓްގައި، އާޖެންޓީނާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ. ޕެރަގުއޭގެ ޑާލިސް ގޮންޒާލޭޒް އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ ގޮންޒާލޭސް ފޮނުވާލުމުން އާރމަނީ ވަނީ އެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.
ރޭ ގެ މެޗުން ހޯދި ޕޮއިންޓަކީ، އާޖެންޓީނާ އަށް މި މުބާރާޓުގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ގުރޫޕް ފުލުގަ އެވެ. ދެ ވަނަ ބުރަށް ދިއުމަށް އާޖެންޓީނާއަށް ފުރުސަތު އެބައޮތެވެ.
އާދިއްތަ ދުވަހުގެ ރޭ، ގަތަރާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އާޖެންޓީނާ އަށް އެބައޮތެވެ.
އާޖެންޓީނާ އާއި ޕެރަގުއޭގެ މެޗުގެ ނަތީޖާއާއެކު، އޭގެ ކުރިން ކުޅުނު މެޗު ގަތަރާ ދެކޮޅަށް ކާމިޔާބުކޮށް ކޮލަމްބިއާ ވަނީ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ގަތަރާ ދެކޮޅަށް ކުޅުނު މެޗު ކޮލަމްބިއާ ކާމިޔާބު ކުރީ 1-0 ންނެވެ.
ކޮލަމްބިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މެޗުގެ 86 ވަނަ މިނެޓްގައި ދުފާން ޒަޕާޓާ އެވެ. ކްއާޓާ ފައިނަލުގައި ކޮލަމްބިއާ ވާދަ ކުރާނީ ގުރޫޕް ސީ ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ