ފުނަދޫ އެއާޕޯޓް ރަންވޭގެ މަސައްކަތް ނިންމާލައިފި

ށ. ފުނަދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމާލައިިފި އެވެ. ރަންވޭގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. އެމްޓީސީސީ އިން ބުނީ ފުނަދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މި މަހު 13 ގައި ނިމިފައިވާ ކަމަށެވެ. މި ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ. ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ފުނަދޫގައި ކުރިއަށް ގެންދިޔަ އެއާޕޯޓު މަޝްރޫއުގެ ދަށުން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީ އިންނެވެ. The domestic airport project at SH. Funadhoo Island was completed on 13th March 2019. A runway with length of 1200m by 30m width; taxiway with length of 90 and width of 15m; and an apron with length 150m and width 50m were constructed. #MTCC #RaiyyuthungeKunfuni pic.twitter.com/og9iS04qrI — MTCC Plc (@MTCCPlc) March 25, 2019 އެމްޓީސީސީ އިން މީގެ ކުރިން ބުނެފައި ވަނީ ރަންވޭގެ މަސައްކަތް ނިމުން އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ