ދައުލަތުގެ ތިން ޕްރޮޖެކްޓެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައެއް ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓަކަށް ސަރުކާރުގެ ތިން ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާތަކެއް ވަދެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތުހުމަތުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން، އޭސީސީގެ ވެރިން ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން އެއްމިލިޔަން ޑޮލަރު ޖަމާކުރިކަން ހާމަވީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައްސަލަ ދިރާސާ ކުރުމުން ކަމަށެވެ.
މުވައްވިޒް ވިދާޅުވީ، ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކުގެ ތަފްސީލު ބެލިއިރު، ޝައްކުވާ ކަންތައްތަކުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރުމުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކާ އެކު ކޮށްފައިވާ މުއާމަލާތްތައް ވެސް ހިމެނޭކަމަށެވެ.
އެގޮތުން ބެލި ބެލުމުން ދައުލަތުގެ ތިން ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ލިންކްވާ ފައިސާތަކެއް، ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ ތިން މައްސަލަ ވަކީން ތަހުގީގު ކުރަމުން އަންނަކަމަށް މުއައްވިޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ