އެލައިޑާއި އެމްއެމްއޭ ގުޅިގެން ކުރިއަށްގެންދާ ފެއަރ މެޑިކަލް އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސް ފެށިއްޖެ

އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ގުޅިގެން އިންތިޒާމް ކުރާ ފެއަރ މެޑިކަލް އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސް ފެށިއްޖެ އެވެ.
މިމަހު 22 އިން 24ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އިއްޔެ ފަށާފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. މި ކޮންފަރެންސް ފަށާފައި ވަނީ އެކަމަށް ހާއްސަކޮށްގެން އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެވެ.
އެލައިޑް އިން މައުލޫމާތުދިން ގޮތުގައި މި ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި މި ކޮންފަރެންސްގައި ސިއްހީ ދާއިރާގެ ހިދުމަތުގައި ހަރަކާތްތެރިވާ އިލްމީ އަދި ފަންނީ ތަޖުރިބަކާރުންގެ އިތުރުން އިންޝުއަރެންސްގެ އަހުލުވެރިން ގިނަ އަދަދަކަށް ބައިވެރިވާނެއެވެ.
ރާއްޖޭގެ ހެލްކެއާ ސިސްޓަމް އިތުރަށް މުއްސަނދި ކުރެވޭނެ އީޖާދީ ވިސްނުންތައްނެރުމުގެ އިތުރުން ޒަމާނީ ކުރިއެރުމާއި ހަމައަށް ވާސިލް ވުމުގެ މަގު ހޯދުމުގެ މަގްސަދުގައި ކުރިއަށްދާ މި ކޮންފަރެންސްގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ