ކަރަންޓީން މުއްދަތަށާއި ޕީސީއާރަށް ފައިސާ ދައްކައިގެން ދަތުރުކުރަން ބޭނުންވާ ލަންކާ ރައްޔިތުންނަށް ޓިކެޓް ވިއްކަނީ

ކަރަންޓީން މުއްދަތަށާއި ޕީސީއާރް ޓެސްޓަށް ފައިސާ ދައްކައިގެން ދަތުރުކުރާން ބޭނުންވާ ލަންކާ ރައްޔިތުންނަށް ސްރީލަންކަން އެއާލައިނުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރު ކުރާއިރު 72ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާ އޮންނަން ޖެހެ އެވެ. އަދި ގައުމަށް ގޮސް އެ ގައުމެއްގެ ސަރުކާރުން ކަނޑައަޅާފައިވާ ތަންތަނުގައި ކަރަންޓީން ވާން ޖެހޭއިރު އެތަންތަނަށް ފައިސާ ވެސް ދައްކަން ޖެހެ އެވެ.
ސްރީލަންކަން އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ފައިސާ ދައްކައިގެން ޕީސީއާރް ޓެސްޓް ލަންކާ ރައްޔިތުންނާއި އަދި އެނބުރި ގައުމަށްގޮސް ފައިސާ ދައްކައިގެން ކަރަންޓީނު ވާ ގޮތަށް ދަތުރުކުރަން ބޭނުންވާ ލަންކާ ރައްޔިތުންނަށް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަމުންދާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކަން އެއާލައިންގެ އޮފީހަށް ދިޔުމުން ދަތުރުކުރަން ބޭނުންވާ ތާރީހަކަށް ޓިކެޓާއި އަދި އެ ގައުމަށް އެތެރެވުމަށްފަހު ސަރުކާރަށް ހުށަހަޅަން ޖެހޭ ޓްރެވެލް ޑޮކިއުމެންޓް ލިބޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ. މިއީ ހަމައެކަނި ފައިސާ ދައްކައިގެން ޕީސީއާރް ޓެސްޓާއި ކަރަންޓީނުވުމަށް ދަތުރުކުރަން ބޭނުންވާ ލަންކާ ރައްޔިތުންނަށް އެކަނި އޮތް ފުރުސަތެއް ކަމަށްވެސް އެއެއާލައިނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ