މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ލަންކާ މީހާގެ ބަންދަށް 15 ދުވަސް

އދ. އެއްލައިދޫ ރިސޯޓްގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި މާރާމާރީގައި ސްރީލަންކާ މީހަކު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ލަންކާ ދެ މީހުންގެ މެދުގައި ހިނގި އެ މާރާމާރީގައި މަރުވެފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 39 އަހަރުގެ ލަންކާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އދ. މަހުބަދޫ ކޯޓަށް އޭނާ ގެންދިއުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ބިދޭސީން މާރާމާރީ ހިންގާފައިވަނީ މަސްތުގެ ހާލަތުގައި ތިބެގެންނެވެ. މި މާރާމާރީގައި މަރުވި ލަންކާ މީހާގެ މެއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ