ރައީސް ޔާމީން އާއި ގުޅޭ މާލީ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް މާލީ މުއާމަލާތްތަކެއް އެމަނިކުފާނު ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ ހޮނިހިރު ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފައި ވަނިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.
ފުލުހުން ރޭ ނެރުނު ޔާނެއްގައި ބުނީ އެ މައްސަލަތައް ފުލުހަށް ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށާ މި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ ލޯންޑްރިންގެ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ސާބިތު ނުކުރެވޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ