ރާއްޖޭން ބޭރުގައި ދިވެހިން ފައިސާ ހޭދަކުރާ މިންވަރު އެމްއެމްއޭއިން ބަލަނީ

ބޭރު ގައުމުތަކުގައި ދިވެހިން ފައިސާ ހޭދަކުރާ މިންވަރު ބެލުމުގެ ސާވޭއެއް ކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.އެމްއެމްއޭއިން އާންމުކުރި އިއުލާނެއްގައި ބުނަނީ ރާއްޖެއިން ބޭރުގައި ދިވެހިން ފައިސާ ހޭދަކުރާ މިންވަރު ބަލަނީ ދިވެހިންނާ ބޭރުގެ ފަރާތްތަކާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގެ ތަފާސްހިސާބު ނުވަތަ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް އަށް ބޭނުންވާ ހިސާބުތައް ފުރިހަމަ ކުރުމަށް ކަމަށެވެ.އެމްއެމްއޭއިން ބުނީ މި ސާވޭ އަންނަ މަހުގެ އެކަކުން ފެށިގެން ހަތް ވަނަ ދުވަހާ ހަމައަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.މި ސާވޭ ކުރާއިރު ބޭރު ގައުމުތަކުން އަންނަ ދިވެހިން އެކި ކަންކަމަށް ރާއްޖޭން ބޭރުގައި ފައިސާ ހޭދަކުރާ ގޮތުގެ ތަފުސީލު މައުލޫމާތު ހޯދި ނަމަވެސް އެ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތަކެއްގެ ގޮތުގައި ބަހައްޓާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.އެރައިވަލް ހޯލުގައި ކުރާ ސާވޭއަށް އެއްބާރުލުން ދިނުމަށް ވެސް އެމްއެމްއޭގެ އިއުލާނުގައި އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ