ބްރެޑް ޕިޓާ އާއި އެންޖެލީނާ ހަނީމޫނުލިސްޓުގައި ރާއްޖެ!

ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ވިލިއަމް ބްރެޑްލީ ޕިޓް (ބްރެޑް ޕިޓް) އާއި އެންޖެލީނާ ޖޯލީ ވަރަށް އަވަހަށް ރަސްމީކޮށް ކައިވެނިކުރާނެ ކުރަން ނިންމާފައިވާ ކަމަށާއި، ކައިވެންޏަށް ފަހު ހަނީމޫން ހޭދަކުރާނެ ގައުމެއް ހޯދަން ފަށާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު އޯކޭ މެގަޒިން އިން ބުނާ ގޮތުގައި ހަނީމޫން ހޭދަކުރުމަށް ހަތަރު މަންޒިލަކާއި މެދު އެ ދެ ބައިވެރިން ގެންދަނީ ވިސްނަމުންނެވެ. އެގޮތުން ހަނީމޫނު ހޭދަކުރުމަށް އެ ދެ ތަރިން ވިސްނަމުން ގެންދާ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި، ފްރާންސްގެ ބޯރާ ބޯރާ އާއި، ލަންކާގެ އިތުރުން ބަހާމަސް ކަމަށްވެސް އޯކޭ މެގަޒިންގައި ބުނެފައި ވެއެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާ ރަސްމީކޮށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނައިރު 2005 ވަނަ އަހަރު އެކުގައި އުޅެން ފެށާފައިވާ މި ދެ ތަރިންނަށް ހަ ދަރިން ލިބިފައި ވެއެވެ. ބްރެޑް ޕިޓްއަކީ މަޝްހޫރު އަދި އެތަކެއް އެވޯޑުތަކެއް ކާމިޔާބު ކޮށްފައިވާ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ. އެންޖެލީނާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަންހެން ތަރިންގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ތަރިއެކެވެ. އެގޮތުން އޭނާއަށްވެސް އެތައް އެވޯޑުތަކެއްވެސް ލިބިފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެންޖެލީނާ އަންނަނީ އޭނާގެ ކައިވެނީގެ ރެއަށް ތައްޔާރުވުމުގެ ގޮތުން "ވަރަށް ހާއްސަ" ނިދާ ހެދުމެއްވެސް ތައްޔާރު ކުރަމުންނެވެ. އެގޮތުން އެންމެ މޮޅު ސިލްކު ފޮތިން ފަހަން ނިންމާފައިވާ އެ ހެދުން ފެހުމަށް މިހާރު އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއްކަމަށްވާ ލައުރެން ސްކޮޓް އާ ހަވާލު ކޮށްފައި ވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ