ނަޖީބުގެ ދެ ގާތިލުން މެރުމަށް ހުކުމްކޮށްފި

ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރުގެ މައްސަލައިގައި ދައުލަތުން ދައުވާއުފުލާފައިވާ ށ. ގޮއިދޫ، ރިހާބް، ފާތިމަތު ހަނާ އާއި މ، މަސްރޫރާ، އަހުމަދު މުއްރަތު މެރުމަށް ޖިނާއީކޯޓުން ހުކުމް އިއްވައިފި އެވެ.
ހަނާއާއި މުއްރަތު ވަނީ ޝަރީއަތުގެ މަޖިލީހުގައި ނަޖީބު މަރާލިކަމަށް އިއުތިރާފުވެފައެވެ. މުއްރަތާއި ހަނާ މެރުމަށް ހުކުމް ކުރީ ނަޖީބުގެ ދެ ވާރިސުން މަރަށް މަރު ހިފުމަށް ކޯޓުގައި އެދިފއިވުމާއެކު އެ ދެ މީހުންގެ އިއުތިރާފަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނާ އިއުތިރާފް ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަޖީބު މަރާލާފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ އެ ދެ މީހުންގެ ދައުވަތަކަށް ގުޅައިގެން މ. މަސްރޫރާގެއަށް ގެން ގޮސް ގޮނޑިއެއްގައި ބެއިންދުމަށް ފަހު ނަޖީބުގެ އަތާއިފައިގައި ޓޭޕްއަޅާ ބަނދެފައި ބޭއިދުމަށް ފަހު އޭނާގެ ލޯމަތީގަޔާއި އަނގމަތީގައި ޓޭޕްއަޅައި މޫނުގައި ޓީޝާޓެއް ބަނުމަށް ފަހު އެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެ މީހުންވަނީ ޝަރީއަތުގައި ބުނެފައެވެ. މަރާލީ ގޮނޑީގައި ބަނދެފައި އިންދާ ނަޖީބު އަޑު ގަދަކުރަން ފެށުމުން މުއްރަތު އައިސް ނަޖީބުގެ ކަރަށް ވަޅި ހަރާލައިގެންކަމަށްވެސް ޝަރީއަތުގައި އެ މީހުންވަނީ އިއުތިރާފުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ