ނ. މިލަދޫގައި ވިހަ އެއްޗެއް ބުއިމުގެ ސަބަބުން ކުޑަކުއްޖަކު މަރުވެއްޖެ

ވިހަ އެއްޗެއް ބުއިމުގެ ސަބަބުން ނ. މިލަދޫގައި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
ދާދި ދެންމެއަކު ސީއެންއެމްއަށް މިކަން ކަށަވަރުކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާ މަރުވެފައިވަނީ ހާލުދެރަވެގެން ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މިކުއްޖާއާއި އެއް އުމުރުފުރައެއްގެ ކުޅެން އުޅުމުގެ ތެރޭގައި "ކާއެއްޗަކާއި، ދިޔާ އެއްޗެއް" ބުއި ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސީއެންއެމްއަށް ނ. މިލަދޫއިން މައުލޫމާތުދިން މީހަކު ބުނީ މަރުވެފައިވަނީ ނ. މިލަދޫ ހީނާމާގޭ އުމުރުން 10 އަހަރުގެ މޫސާ މާހިލް ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން، މިކުއްޖާ ބޮއެފައިވަނީ "ތިނަރު" ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ