ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތު ހޯދައިފި

ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމް ކުރި ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތު ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ޒެނިތު ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ ކްލަބު ވެލެންސިއާއާ ވާދަކޮށް 73-68 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ވެލެންސިއާގެ އީމާ އަބްދުއްސައްތާރާއި، ނަދީދަނީ ކުމާރީނާއި، ސަމާ ތައުފީގާއި، ޒެނިތުގެ ތަރިޖިނީ ސިވަލިންގަމާއި، އައިޝަތު ހަނާން ހުސެއިނާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ލަޔާން އަލީ ރަޝީދު އަދި ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުގެ ރަޝީދާ މޫސާއެވެ.
'
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހާސިލްކުރީ ޒެނިތުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ނީޝާ ހަލީމެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި މިފަހަރު ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނުނު ޓީމް ތަކަކީ ޓީސީ ސްޕޯޓްސް ކްލަބު، ގްލޯރިއަސް ސްޕޯޓްސް ކްލަބު، ވެލެންސިއާ ސްޕޯޓްސް ކްލަބު، ޔޫތު ސްޕޯޓްސް ކްލަބު އަދި ސްޕޯޓްސް ކްލަބު ސްކައިލާކް އެވެ. ގްރޫޕް ދޭއްގައި ހިމެނުނީ އައިޑިއާސް އާއި ޒެނިތު ސްޕޯޓްސް ކްލަބާއި، ލޮރެންޒޯ ސްޕޯޓްސް ކްލަބާއި، ކޭވައިއާރްސީގެ އިތުރުން ކްލަބު އޯލް ސްޓާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ