ފިލްމު ގަލީ ބޯއީއަށް އޮސްކާ އެންޓްރީ ލިބިއްޖެ

ރަންވީރު ސިންގް ރެޕާއެއްގެ ރޯލުން ފެނިގެންދާ ފިލްމު "ގަލީ ބޯއީ"އަށް އޮސްކާ އެންޓްރީ ލިބިއްޖެއެވެ.
ގަލީ ބޯއީ އަށް އޮސްކާގެ މިއަހަރުގެ އެންޓްރީ ލިބިފައިވަނީ އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީންނެވެ. ފިލްމަށް ލިބުނު މިބޮޑު ކާމިޔާބީ އިއުލާންކޮށްފައިވަނީ ޑައިރެކްޓަރެއް ކަމަށްވާ އަޕަރްނާ ސެން ކަލްކަތާގައި އޮތް ހަފްލާއެއްގަ އެވެ. އޭނާ އަކީ އޮސްކާގެ ޖޫރީ ޗެއާއެވެ.
އަޕަރްނާ ބުނި ގޮތުގައި ފިލްމެއް އެ ކެޓަގަރީއަށް ހޮވުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ޑިމޮކްރަޓިކްކޮށް ކަމަށެވެ. ވަރަށް ގިނަ ވަގުތު ނަގައިގެން ފިލްމުގެ އެކި ކަންކަމާމެދު ބަހުސް ކުރެވުނު ކަމަށް ބުނަމުން އަޕަރްނާ ބުނީ ޖޫރީގެ ކޮންމެ މީހަކަށްވެސް ޖެހުނީ އެމީހަކަށް ފެންނަ ތިން ފިލްމެއްގެ ނަން ނޯޓުކުރަން ކަމަށެވެ. އެއަށްފަހު ވޯޓެއް ނެގިގެން ދިޔަ ކަމަށާއި އިތުރަށް ފިލްމުތަކާ ގުޅޭ ގޮތަށް ވާހަކަދެކެވި އެންމެނަށް "ގަލީ ބޯއީ" ކަމުދިޔައީކަމަށެވެ.
ގަލީ ބޯއީ ހޮވިފައި މިވަނީ 28 ފިލްމެއްގެ ތެރެއިންނެވެ. ފިލްމުގެ ޕްރޮޑިއުސަރެއް ކަމަށްވާ ޕަރްހާން އަޚްތަރުވަނީ ގަލީ ބޯއީ އޮސްކާގެ އެންޓްރީއަށް ހޮވިފައިވާތީ އެވާހަކަ އޭނާގެ ޓުވިޓަރުގައި ހިއްސާވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ