"އިންޑިއާ އައުޓް" ހަރަކާތަކި އައިސިސް އިން ރާއްޖެ ހިފުމަށްދެވޭ ބާރެއް: ނަޝީދު

އިދިކޮޅު ޕީޕީއެމް، ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގާ ހަަރަކާތަކީ ހަނގުރާމަވެރި ޖަމާއަތް، އައިސިސް އިން ރާއްޖެ ހިފުމަށް ދެވޭ ބާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާއާއެކު ބޮޑު ކެމްޕެއިނެއް ފަށާފައިވާތީއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ "އިންޑިއާ އައުޓް" ކިޔައި ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލްތަކުން ކަމަށާއި އެކަން މިހާރު ބައިނަލްއަގުވާމީ ވަރަށް ގިނަ އިދާރާތަކަށް ސާފު ކަމަށެވެ.
"ޕީޕީއެމް އަދި ޕީއެންސީން މި ޝިއާރު ބޭނުން ކުރަން އެދޭނަމަ ތިޔަ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް،" ނަޝީދު ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސް ނަޝީދު ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުވައިފައެވެ.
އެ މެސެޖުގައި ވެސް ރައީސް ނަޝީދު ވަނީ އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް ތުހުމަތުކޮށްފައެވެ.
ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަންގަވަމުން ކަމަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު އެ މެސެޖު ދޫކޮށްލެއްވީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށްދިޔަ ވަގުތެވެ. އެކަމަކު އެއީ ޕީޕީއެމުން ރާވައިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ