އެފްވައިޑީއެސް އިން ފުޅަދޫ ސްކޫލަށް ފޭސް މާސްކް ހަދިޔާ ކޮށްފި.

ބ.ފުޅަދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްވައިޑީއެސް )ގެ ފަރާތުން ފުޅަދޫ ސްކޫލަށް ފޭސް މާސްކް ހަދިޔާ ކޮށްފިއެވެ.
މާސްކު ހަދިޔާ ކުރުމުގެ ބޭނުމަކީ ކޮވިޑް 19 އަށް ފަހު ސްކޫލްތައް އާ އާއްމު ހާލަތުގައި އަލުން ހުޅުވާއިރު މާސް އަޅަން ޖެހޭތީވެ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީތެރި ވެދިނުމުގެ ގޮތުން ކުރި ކަމެއްކަމަށް ޖަމިއްޔާއިން ހާމަ ކުރެއެވެ.
ޖުމްލަ 42 ދަރިވަރުން ތައުލީމު ހޯދަމުން ގެންދާ ފުޅަދޫ ސްކޫލަށް އެ ޖަމިއްޔާއިން ހަދިޔާ ކޮށްފައިވަނީ 60 މާސްކެވެ.
ފުޅަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި ކުޅިވަރިގެ ރޫހު އާލާކުރުމާއި އިޖްތިމާއީ ގުޅުން ހަރުދަނާ ކޮށް ރަށުގެ ތަރައްގީއާއި ތައުލީމު ކުރިއެރުވުމާއެކު ރައްޔިތުންގެ މެދުގައި އެއްބައިވަންތަ ކަމުގެ ގުޅުން އާލާ ކުރުމުގެ މަގްސަދުގައި ފުޅަދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އުފައްދާފައިވަނީ 29 ޖުލައި 2019 ގައެވެ.
މިމަގުސަދުތައް ހާސިލް ކުރުމުގެ ގޮތުން ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެޖަމިއްޔާއިން ވަނީ ރެޑް ކްރެސެންޓާއި ޖަމިއްޔާ ގުޅިގެން ސްޓޭންޑަޑް ފަސްޓްއެއިޑް ޕްރޮގްރާމަކާއި ރަށުގެ މިސްކިތުގެ މިހުރާބުގެ އަލުން ހެދުމުގެ އިތުރުން މިދިޔަ ރަމަޟާން މަހު ޝައިޚް ފަޟްލޫން މުހައްމަދުގެ ދީނީ ދަރުސެއް ވެސް  ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ