މީހެއްގެ ގޯލްބްލެޑަރ އިން 11،816 ހިލަ ނަގައިފި

އުމުރުން 46 އަަހަރުގެ އިންޑިއާ ފިރހެނެއްގެ ގޯލްބްލެޑަރއިން 11،816 ހިލަ ނަގައިފިއެެވެ.
ވިނޯދް ޝަރުމާ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޖައިޕޫރުގެ ސްވާއި މަން ސިންހް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށްް ދެއްކީ ބަނޑުގައި ރިއްސާތާ 2 އަަހަރުވީއިރުވެސް އޭނާއަށް ޝިފާއެއް ނުލިބުމުންނެވެ. ތަފާތު ޑޮކްޓަރުންނަށް ދައްކައި ބޭސްކައިގެންވެސް ރަނގަޅު ނުވުމުންނެވެ.
އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނީ އޭނާގެ ގޯލް ބްލެޑަރގައި ހުރި ހިލަތަކަކީ އަޖައިބެއް ފަދަ ހިލަތަކެއް ކަމަށާއި ހިލަތައް ސްކޭނަށް ނުވެސް އަރާ ކަމަށެވެ. ޑޮކްޓަރުން މިހާރު ވަނީ ހިލަތައް އިތުރަށް ތަޙްލީލް ކުރުމަށް ފޮނުވައިފައެވެ.
ހިލަތައް ނެގުމަށްފަހު އަތުރައިލެވުނީ 8 އިންޗި 13 އިންޗީގެ ސަރަހައްދެއްގައެވެ.
އޮޕަރޭޝަން ކުރަންޖެހުނު ވިނޯދް ޝަރުމާއަކީ ހަކުރުބަލީގެ މީހަކަށްވާތީ އޮޕަރޭޝަން ކުރުމަށްޓަކައި އޭނާ ތައްޔާރުކުރަން ހޮސްޕިޓަލުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ކޮށްފައެވެ.
އޮޕަރޭޝަނަށްފަހު އޭނާގެ ޙާލު އަންނަނީ ރަނގަޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ