ވިޖޭ ލީޑް ރޯލު ކުޅޭ ދަރްމާގެ ލައިގާ އިއުލާން ކޮށްފި

ސައުތު އިންޑިއާގެ ސުޕަސްޓާ ވިޖޭ ދޭވެރަކޮންޑާ ލީޑް ރޯލުން ފެންނަ މަލްޓި ލޭންގުއޭޖް ފިލްމު "ލައިގާ" އިއުލާންކޮށް ފިލްމުގެ ފަސްޓް ލުކް ދައްކާލައިފި އެވެ.
ދަރްމާ ޕްރޮޑަކްޝަނުން އިއްޔެ އިއުލާން ކުރި މި ފިލްމުގައި ބަތަލާގެ ރޯލު ކުޅެނީ އަނަންޔަ ޕާންޑޭ އެވެ. މިފިލްމަކީ އެކްޝަން ފިލްމެކެވެ.
މި އަހަރު ސިނަމާތަކުގައި އަޅުވާނެ ކަމަށް ބެލެވޭ މި ފިލްމަކީ އަހަރުގެ އެންމެ ބޮޑު އެއް ފިލްމަށް ވާނެ އެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ރަމަޔާ ކްރިޝްނަން، ރޯނިތު ރޯއީ، ވިޝޫ ރެއްޑީ، އާލީ މަކަރަންދް ދޭޝް ޕާންޑޭ އަދި ޝްރިނޫ ހިމެނެ އެވެ.
ކަރަން ޖޯހަރާއިއެކު އިތުރު ތިން ޕްރޮޑިއުސަރުން ގެނަސްދޭ މިފިލްމަކީ ބޮލީވުޑްގެ އެންމެ ގިނަ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން ދިޔަ އެއް ފިލްމެވެ. މި ފިލްމުގެ ވާހަކަ މީގެ އަހަރެއް ކުރިންވެސް މީޑިއާތަކުގައި ދެކެވުނެވެ. ފިލްމު އިއުލާން ކުރުން ލަސްވެގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ.
ފިލްމު ސިނަމާތަކުގައި އަޅުވާނެ ތާރީހެއް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ