ޖީއެމްއާރު އެގްރިމެންޓް ބާތިލްކުރަން ސަރުކާރުން ނިންމައިފި

18:32 ޖީއެމްއާރު އެގްރިމެންޓް ބާތިލްކުރަން ނިންމި ނިންމުމަކީ ޤާނޫނީގޮތުން ނިންމި ނިންމުމެއްކަމަށައި އެއީ ސިޔާސީގޮތުން ނިންމި ނިންމުމެއް ނޫންކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
18:30 ޖީއެމްއާރު އެގްރިމެންޓް ބާތިލްކުރަން ނިންމުމުން ކުރަންޖެހޭ އާބިޓްރޭޝަން މަސައްކަތް އިސްވެ ސަރުކާރުން ފެށުމަށް ނިންމާފައިވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
18:27 ބަންޑާރަ ނައިބު ވިދާޅުވީ އެގްރިމެންޓް ބާތިލްކުރަން ވަޒީރުންގެ މަޖިލީހުން ނިންމިކަން ފިނޭންސް މިނިސްޓްރީއަށާއި އެމްއޭސީއެލްގެ އިތުރުން ޖީއެމްއާރަށްވެސް އަންގާފައިވާކަމުގައެވެ. އަދި މި އެފްރިމެންޓް ބަތިލްކުރުމަށް ޤާނީނީ ލަފާހޯދުމަށް ދިވެހި ވަކީލުންނާއި ސިންގަޕޫރުގެ ވަކީލުންނާއި އިނގިރޭސި ވިލާތުގެ ވަކީލުން ބައިވެރިވިކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި ޖީއެމްއާރު އެގްރިމެންޓަކީ ފުރަތަމަ ދުވަހުން ފެށިގެން ބާތިލް އެގްރިމެންޓެއްކަމަށް ހުރިހާ ވަކީލުންވެސް އެއްބަސްވެފައިވާކަމަށް ބަންޑާރަ ނައިބު ވިދާޅުވި
18:26 ބަންޑާރަ ނައިބު ވިދާޅުވީ އެއްބަސް ވުން އުވާލަން ނިންމާ 7 ދުވަހުގެ މުއްދަތެއް ޖީއެމްއާރަށް ދީފައިވާކަމަށާއި ނަމަވެސް ތަކެތި ގެންދިއުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާނެކަމުގައެވެ
18:20 މާލޭ ބައިނަލް އަޤވާމީ ވައިގެ ބަނދަރު ކުއްޔަށް ދިނުމަށް 28 މެއި 2010 ވަނަ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާއި ވެފައިވާ އެއްބަސް ވުން ރޫޅާލުމަށް ވަޒީރުންގެ މަރުކަޒުން ނިންމާފައިވާކަމަށް ބަންޑާރަ ނައިބު ވިދާޅުވި
ޖީއެމްއާރު މައްސަލާގައި ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ. ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެގްރިމެންޓު އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ