ފިރިހެން ކުއްޖަކާ ބެހުނު އިންޑިއާ މީހަކު ހަައްޔަރުކޮށްފި

އެގާރަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ފ. ފީއަލިން ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނި ގޮތުގައި 51 އަހަރުގެ ފިރިހެން މީހާ ރޭ 10:00 ހާއިރު ހައްޔަރުކޮށްފައި ވަނީ ފ. އަތޮޅު ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރަށް މިދިޔަ ބުރާސްފަތިދުވަހު ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ނިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ