މެންބަރު ހުސައިން، ނާޒިމްއަށް: ރައީސް ޔާމީން ހޯއްދެވީ ރައްޔިތުންގެ ލޯބި، އެކަމަށް ޖައްވާ ފަޒާ ވެސް ހެކިވޭ

މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ރައީސް ޔާމީންއަށް ފާޑުކިޔުމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަަރު ހުސައިން މުޙައްމަދު ލަތީފް ނާޒިމްއަށް ރައްދުދެއްވައިފިއެވެ. މެންބަރު ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރައްވައިގެން ހޯއްދެވީ ރައްޔިތުންގެ ލޯބިކަމަށެވެ. އަދި އެކަމަށް ބިމާ ފަޒާއާއި ޖައްވުވެސް ހިކިވާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ހުސައިން ވިދާޅުވީ މިއަދު ދިވެހީން އެދި ގޮވަނީ ރައީސް ޔާމީންގެ ޒައާމަކަށްކަމަށެވެ. އެ ސަބަބުތައް އަންނަ އަހަރު އިންތަހާބުގައި ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަދު ރައީސް ރައީސް ޔާމީން އިނގިރޭސި ބަހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަދާލަތު ޕާޓީގެ ޝައިހުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން ހިމާޔަތް ހޯދާފައި ކަމަށެވެ. އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ ގާސިމާއި ނާޒިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގައުމު މިހާރު ވެއްޓިފައިވާ ހާލަތަށް ދޫކޮށްލުމަށްފަހު ގައުމަށް ވާ ގޮތެއްވާން ދޫކޮށްލައިގެން ދުރުގައި ބަލަން ހުރުމުން އެކަމުން މިންޖުވެވިދާނެ ކަމަށް ހީކުރަނީތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. ރައީސް ޔާމީންގެ އެ ޓުވީޓަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީންގެ މުޅި ވެރިކަން ހޭދަކުރީ ވައްކަންކުރުމާއި މަކަރާއި ހީލަތުގައި ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ. "ޔާމީންގެ ވެރިކަމުގައި އޮތީ އިދިކޮޅު ފަރާތްތައް ޖަލަށް ލުން. ސަރުކާރު މުއައްސަސާތައް ބަލިކަށި ކޮށްލުން،" ނަޒީމްގެ ޓުވީޓުގައިވެއެވެ. މީގެ އިތުރުން ނާޒިމް ވަނީ ވެރިކަމުގައި އެ ހުރިހާ ކަމެއް ކުރެއްވުމަށްފަހު އަދިވެސް ގައުމު ދެކެ ލޯބިވާ ގައުމީ ބަޠަލެއްގެ ގޮތުގައި ދައުވާކުރަނީތޯ ރައީސް ޔާމީނާ ސުވާލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ