އެޅުނުތާ ވެސް އެޅުނީ ޅަ އިހަލަކުން ޅަ އެއްޗެއް: ވަހީދު

އަޅުގަނޑުމެންނަށް އެޅުނީ އެންމެ ޅައެއްޗެއް ކަމަށާއި އެޅުނުތާ ވެސް އެޅުނީ ޅަ އިހަލަކުން ޅަ އެއްޗެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. "ހޯރަފުށި ދުވަސް" ފާހަގަކުރަން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވަހީދު ވިދާޅުވީ ހޯރަފުށިން ބޭނުންވާ ތަރައްގީގައި މިހާރު ތިބީ ނިކަމެތި ފިޔަވަޅެއްގެ މަތީގައި ކަމަށާއި މި ވެރިކަމުގައި ތަރައްގީގައި ހޯރަފުށި އޮތީ ވަރަށް ފަހަތުގައި ކަމަށެވެ.ވަހީދު ވިދާޅުވީ ނިމިދިޔަ ދައުރުގައި ހޯރަފުށްޓަށް ވަރަށް ގިނަ ކަންކަން ފުރިހަމަވި ކަމަށެވެ. ހޯރަފުށީގެ ތަރައްޤީއަށްޓަކާ އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުރި ނަމަވެސް އެކަން ކުރެވޭނީ އެ ރަށްދެކެ ލޯބިވާ ވެރިޔަކަށް ކަަމަށް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.ހޯރަފުށިން ބޭނުންވާ ތަރައްޤީގައި މިހާރު ތިބީ ނިކަމެތި ފިޔަވަޅެއްގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާ ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ވެރިކަމުގައި ތަރައްޤީގައި ހޯރަފުށި އޮތީ ވަރަށް ފަހަތުގައި ކަމަށެވެ."އަޅުގަނޑުމެންނަށް ހެދުނީ އެންމެ ގޯހެއް. އެޅުނީ އެންމެ ޅައެއްޗެއް. އެޅުނުތާ ވެސް އެޅުނީ ޅަ އިހަލަކުން ޅަ އެއްޗެއް. އެރުނީ އެންމެ ނުބައި ގޮޅިއަކަށް. ސައިގޮޅއަކަށް އެވެސް. އަދިވެސް އަޅުގަނޑުމެން މިތިބީ ތަރައްްޤީގައި ބޮޑު ބޮލާ، ދެ މަންތިރި އާއި އަހާ އެ މަނާފުކުގެ އެހީގާ ވެސް ސައިން އަދިވެސް ނުފިލައޭ އިނގޭތޯ." އޭނާ ވިދާޅުވިއެވެ.ހޯރަފުއްޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން މީހުންނަށް އެވޯޑު ދިނުމަށް ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ޖަލްސާގައި ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ "ސިރީނަވަރަންނަ އައްޑަނަ" އިބޫ އަށް ވަނީ އަރުވައިފަ އެވެ.ސިރީނަވަރަންނަ އެވޯޑަކީ "ހޯރަފުށި ދުވަސް" ޖަލްސާގެ އެންމެ ޝަރަފުވެރި އެވޯޑު ވެސް މެ އެވެ. އެ އެވޯޑް ރަމްޒު ކޮށްދެނީ ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި އިއުލާންކުރި އެވެ.ހޯރަފުށީގެ ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި ގޮތުގައި، އެ ރަށުގެ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސް އިބޫ އެވެ. އޭނާ ވިދާޅުވީ، ހޯރަފުށީގެ "ހަގީގީ ކިންގް" އަކީ ވެސް އިބޫ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ