ބަނގުރަލާއެކު ތުލުސްދޫ ގެސްޓްހައުސް އަކުން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ފުލުހަކު މަގާމުން ވަކިކުރަން ލަފާދީފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ފުލުސް މީހާ ހިމެނޭހެން ތުލުސްދޫ ގެސްޓްހައުސް އަކުން ހަތް މީހަކު ހައްޔަރުކުރީ އޮކްޓޯބަރު 17، ގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ގެސްޓްހައުސް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. މިއީ އެކަށްވެސް ދިވެހިންނެވެ. މީގެ ތެރެއިން ފުލުހަކީ، ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރު އެވެ.
މި އެންމެންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރަށްފަހު މާޔާ މަގާމުން ސަސްޕެންޑުކޮށް ޕްރޮފެޝަނަލް ކޮމާންޑުން އޭނާގެ މައްސަލަ ވަނީ ބަލާފަ އެވެ. އެ މައްސަލަ ބަލައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރަން ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރަލާއެކު ތުލުސްދޫ ގެސްޓްހައުސްއަކުން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ފުލުހެއް، މަގާމުން ވަކިކުރަން ލަފާދީފި ބަނގުރަލާއެކު ތުލުސްދޫ ގެސްޓްހައުސްއަކުން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ފުލުހެއް، މަގާމުން ވަކިކުރަން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ