ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ އެއް ޓްރެވަލް އެޖެންސީ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ 35 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ރޭ ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ އަހަރީ ގާލާގައި ކުންފުނީގެ ވެރިންނާ އެކު ހާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، އިންޑަސްޓްރީ ޕާޓްނަރުންނާއި ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ވެސް ރޭގެ ހަފްލާގައި ބައިވެރިވި އެވެ.
ތަފްސީލް - 1990 ވަނަ އަހަރު ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސް އުފެއްދި ފަހުން ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކުރެވޭ އެއް ނަމަށް ވެފަ އެވެ.
ދާއިރާގައި އިތުބާރު ހޯދާފައިވާ ކެޕިޓަލް ޓްރެޗަލް އިން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތައް ކުރަމުންނެވެ.
ރޭގެ ހަފްލާގައި ވަނީ ކުންފުނީގެ ތާރީހު ފެންނަ ވީޑިއޯއެއް ދައްކާފައި
މީގެ އިތުރުން، ކުންފުނިން އަލަށް ޑިވެލޮޕްކުރި ބުކިން އިންޖީނު ވެސް ދައްކާލާފައިވޭ؛ މިއީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލަޖީތައް ބޭނުންކުރުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަމުގެ ބައެއް
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެޕިޓަލް ޓްރެވަލްގެ ސީއީއޯ ޔޫސުފް ރިފްްއަތު ވިދާޅުވީ ފާއިތުވި 35 އަހަރު ތެރޭ ކުންފުނީގެ މަސައްކަތްތަކަށް ގިނަ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި އޮޕަރޭޝަންތައް ވެސް ތަރައްގީވެއްޖެ ކަމަށެވެ.
"ފުރަތަމަ މަސައްކަތް ފެށިއިރު، އެއީ ޕޯސްޓުގެ ޒަމާން. އަޅުގަނޑުމެން ޖެހެނީ ރެޖިސްޓާޑް ޕޯސްޓަލް ލެޓާސް ބޭރުގެ ޓްރެވަލް އެޖެންޓުންނަށް ފޮނުވާ، އެތައް މަހެއް ވަންދެން ޖަވާބަކަށް އިންތިޒާރު ކުރަން،" ރިފްއަތު ވިދާޅުވި އެވެ.
"އަނެއްކާ އެތައް މަހެއް ފަހުން އަލުން އެ ސިޓީ ލިބިދާނެ އެޑްރެސް ބަދަލުވެގެން ރައްދު ނުކުރެވޭތީ. ކެޕިޓަލް ޓްރެވަލްގެ މަސައްކަތް ފެށިއިރު ރާއްޖޭގައި މިހާރު މި ހުރި ވަސީލަތްތަކެއް ނެތް."
އޭނާ ވިދާޅުވީ މިއަދު ޒަމާން ބަދަލުގެ އިންޓަނެޓާއެކު މަސައްކަތްތައް ފަސޭހަވެ، ހަލުވި ވެފައިވާ ކަމަށެވެ. އެއާ އެކު، ޓޫރިޒަމް ސިނާއަތް ވެސް ބާރަށް ކުރިއަރައިގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ.
ރިފްއަތު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކެޕިޓަލް ޓްރެވަލް އިން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ކުންފުނި އެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށެވެ.
ކެޕިޓަލް ޓްރެވަލްއަށް 35 އަހަރު ފުރުން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ