ސިލޯނާ އެކު ދިވެހިން ޓެލެތޯނަށް 12.3 މިލިއަން

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން އެހީވާން ރާއްޖެ އިން "ސިލޯނާ އެކު ދިވެހިން" ނަމުގައި ބޭއްވި ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. މި ޓެލެތޯންއަށް އެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ.މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ ކްރޯ މޯލްޑިވްސް އެވެ. ކްރޯ މޯލްޑިވްސް އެވެ.ޓެލެތޯނަށް ލިބުނު ފައިސާހެ ތެރޭގައި ހިމެނެނީ 11،553،291.10ރ. އާއި 51،088.31 ޑޮލަރާއި 20 ޔޫރޯ އެވެ.ކްރޯ މޯލްޑިވްސްއިން ބުނީ ލިބުނު ހުރިހާ ފައިސާއެއް ގުނައި ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށެވެ."ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ އެކިއެކު މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވެސް އެހީ ދީފައިވެ އެވެ.ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 411 މީހަކު މަރުވެ، 338 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ވަނީ ބުނެފަ އެވެ. މިދިޔަ ހުކުރު ދުވަހު އެރި ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. ލަންކާއަށް އެރި ތޫފާން "ދީތްވާ" މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. ތޫފާނުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި އޮތް އިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފަ އެވެ. އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު ބްރިޖްތަކާއި މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ