ރޯދަ ހަދިޔާއަށް މިފަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް
އަންނަ އަހަރުގެ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން މަސްދަޅު ބަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ބޭނުންވަ ގޭބިސީތައް ރަޖިސްޓްރީކުރަން އަންގައި އިއުލާންކުރަން ބައެއް ކައުންސިލްތަކުން ވަނީ ފަށާފަ އެވެ.މިދިޔަ ރޯދަ މަހު މަސްދަޅު ކޭސް މާލޭގައި ބަހާފައިވަނީ ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ. އެފަހަރު ޕޯޓަލްއެއް ހެދީ މަސްދަޅު ކޭސް ބަލާ ދިޔަ މީހުން ގިނަވެ، ކިއު ބޮޑުވުމުންނެވެ.ކަލަންޑަރުން ދައްކާ ގޮތުގައި، އަންނަ އަހަރުގެ ރޯދަ މަސް ފަށަނީ 18 ފެބްރުއަރީގަ އެވެ.އެނގިފައިވާ ގޮތުގައި، މިދިޔަ ރޯދަ މަހު 100،000އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށް، ގާތްގަނޑަކަށް 79 މިލިއަން ރުފިޔާ ސަރުކާރުން މިފްކޯއަށް ދީފައިވެ އެވެ. ނަމަވެސް މީގެ ތަފުސީލުތަކެއް ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ