ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގެ ގޮތުގައި މިހާރު ކަނޑައެޅިފައިވާ އަދި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ ފަރުކޮޅުގައި ކުރިން ބޭނުންކުރަމުން އައި ރޫމްތަކުގެ ގޮތުގައި ބޭނުންކުރަމުންއައި ތަނުގައެވެ. މިހާރު އެތަން ބާވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރިއިރު، އެތަނުގެ ތެރޭގައި ގިނަ އަދަދަކަށް ކުނިއަޅާފައިހުރިކަން ފާހަގަކޮށްލެވެއެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރީ އެމްއެންޑީއެމްގެ ފަޔަރ ފައިޓަރުން ގޮހެވެ.
ފަރުކޮޅުގައި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. މިހާރުވެސް އެސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފަރުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ